
އޭދުނިޔޭގެ ދަތުރު ވެރިޔާއެވެ
April 18, 2009ޣައްޒާފަންޑަށް ލިބުނު ފައިސާ ޤަޠަރުގެ ރެޑްކްރެސެންޓާ ޙަވާލުކުރުން
April 12, 2009ޣައްޒާފަންޑަށް ލިބުނު ފައިސާ ޤަޠަރުގެ ރެޑްކްރެސެންޓާ ޙަވާލުކުރުން

ބޮޑުކާފަރު ތޯޤޫތް) ޑރ އަފްރާޝީމް ހުތުބާ ކިޔަން ފެށުން ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ނިކުމެއްޖެ
December 31, 2007
ޑރ އަފްރާޝީމް ހުތުބާ ކިޔަން ފެށުން ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ނިކުމެއްޖެެ |
|||||||
|
|||||||
އިއްޔެ މަސްޖިދިލް ބަހާއުއްދީން (މާވެޔޮ މިސްކިތް) ގައި ޑރ އަފްރާޝީމް ޢަލީ ހުކުރު ހުތުބާ ކިޔަން ފެށުމުން ގިނަ އަދަދެއްގެ ބަޔަކު މިސްކިތް ދޫކޮށް ހިނގައްޖެއެވެ. ހުތުބާ ކިޔަން ސަލާން ގޮވިތަނާ މިސްކިތުން 30 ހަކަށް މީހުން ނިކުންނަ މަންޒަރު ފެނުމުން ޑރ އަފްރާޝީމް މިމްބަރުގައި އިށީންދެހުރެ އިސްޖެހިތަން ފެނިގެން ދިޔައެވެ. އަދި މިސްކިތުގައި ތިބި ގިނަ އަދަދެއްގެ މީހުން ކަންބޮޑުވެ ފަރާތްރަރާތައް އެނބުރުނު މަންޒަރު ފެނުނެވެ. މިސްކިތުން މީހުންތައް ނިކުމެގެން ދިޔަ ވަގުތު މިސްކިތުގެ ބޭރުގައި މުސައްލަ އަޅައިގެން ތިބި ބަޔަކުވެސް މިސްކިތް ތެރޭން ނިކުމެގެން ދިޔަ މީހުންނާ ގުޅިގެން ދިޔަ މަންޒަރު ފެނިފައިވެއެވެ.މިހާދިސާ ހިނގުމުގެ ކުރިން ޑރ އަފްރާޝީމް މިސްކިތުގައި ހުކުރުކުރަން ޖުއްބާލައިގެން ހުރިތަން ފެނުމުން މިސްކިތަށް ނަމާދުކުރަން ދިޔަ ބައެއް މީހުން މިސްކިތައް ނުވަދެ ދިޔަތަންވެސް ފެނުނެވެ. މި ޚަބަރަށް މައުލޫމާތު ހޯދާލުމަށް ޑރ އަފްރާޝީމަށް ގުޅާލުމުން ވިދާޅުވީ “މިއުޅެނީ ވަރަށް ބިޒީ ކޮށް” ކަމަށާއި “އެއްޗެއް ލިޔަމުން ދަތީ ނޫހަށް މައުލޫމާތު ދޭން ދަތިކަމަށެވެ. ޑރ އަފްރާޝީމް ޓެލެވިޜަން މޯލްޑިވްސްގެ ހޭޔަންބޯ ޕްރޮގްރާމަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ ޚަންދަގު ހަނގުރާމަ ކުރެއްވުމަށް ހަންދަގު ކޮނުމަށް ހިތްވަރު ދެއްވުމަށް ލަވަ ކިޔުއްވުމަށް ގޮވާލެއްވި ކަމަށެވެ. އަދި މިފަދައިން ގޮވާލައްވާފައި ވަނީ މުސްލިމުން ގިނަ ދުވަސްތަކެއް ވަންދެން ހައިހޫނުކަމުގައި ދުވަސްތައް ހޭދަކުރަމުން ދިޔުމާ ގުޅިގެން ޖޯޝް އާލާކުރުވައި ހިތްވަރު ދިނުމަށެވެ. އަދި ކުރިމަގުގައި ލޯބީގެ ލަވަތައް ކިޔުއްވާނެކަމަށާއި ލަވަ ސީޑީ ނެރުއްވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ. |
|||||||
Posted by fagudi 

