
)
މިއާޔަތުގެ މަފްހޫމާ މެދުގައި ކުޑަކޮށް ވިސްނާލިޔަސް އެނގޭ އެއްޗަކީ ޖިހާދުގެ މަގު ބަންދު ނުވާނެކަމެވެ. އެއްކޮޅުން އެމެރިކާއިން ބުނަނީ ތިމަންނަމެނާއި ދެކޮޅަށް ހަނގުރާމައަށްދާ މީހުންގެ މަގުތައް ބަންދު ކުރާނަމެވެ. އަނެއްކޮޅުން ﷲ ތަޢާލާ ވަޙީކުރައްވާފައި މިވަނީ ތިމަން ﷲ ގެ މަގުގައި ގަދައަޅައި މަސައްކަތްކޮށް ނުކުމެއްޖެ މީހަކަށް ތިމަން ﷲ މަގު ދައްކަވާނަމެވެ. އެހެންކަމުން އެމެރިކާއަށް ޖިހާދުގެ މަގު ބަންދުކުރެވޭނީ ކިހިނެއްޔެވެ؟
ކުއްފާރުންނާއި ދެކޮޅަށް ޖިހާދުކުރުން މިހާރު މިވަނީ އަޅުގަނޑުމެންގެ މުޅި އުއްމަތަށް، ޢައިނިއްޔަ ފަރުޟަކަށް ވެފައެވެ. އެހެން ކަމުން އަޅުގަނޑުމެންގެ ކޮންމެ މުސްލިމަކީވެސް ކޮންމެވެސް އެއްޞިފައެއްގައި ކުއްފާރުންނާ ދެކޮޅަށް ޖިހާދު ކުރުން ވާޖިބު ވެފައިވާ މީހެކެވެ. އެއީ، ޖާނުންނާއި، މާލުންނާއި، ދުލުންނެވެ. މިތިން ބައިންކުރެ ބައެއްގައި ބައިވެރި ނުވެއްޖެނަމަ، އަޅުގަނޑުމެންނީ ގެއްލި ހަލާކުވެގެން ދިޔަ މީސްތަކުންގެ ތެރެއިން ޝާމިލުވާނެ ބައެއްކަން ކަށަވަރެވެ. ރަސޫލު ﷲ صلّى الله عليه وسلّم ޙަދީޡް ކުރައްވާފައިވަނީ:
“جَاهِدُوا الْمُشْرِكِينَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَاَلْسِنَتِكُمْ“
“ކަލޭމެންގެ މުދަލުންނާއި، އަދި ކަލޭމެންގެ އަމިއްލަ ނަފުސުތަކުންނާއި، އަދި ކަލޭމެންގެ ދޫތަކުން މުޝްރިކުންނާއި ޖިހާދު ކުރާށެވެ!” (މިޙަދީޘް ރިވާކުރެއްވީ އަބޫ ދާއުދެވެ. އަދި ޙަދީޡަކީ ޞައްޙަ ޙަދީޡެކެވެ.)
ޖިހާދަށް ނިޔަތް ނުގަނެ މަރުވެއްޖެ މީހެއް މަރުވެގެންދާނީ ނިފާޤު ކަމުގެ ބައިތަކުގެ ތެރެއިން ބައެއްގައެވެ.
ރަސޫލު ﷲ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ.
“من مات ولم يغزولم يحدث به نفسه مات على شعبة من نفاق”
“ޖިހާދުގެ ހަރަކާތެއްގައި (ނުވަތަ ހަނގުރާމައެއްގައި) ބައިިވެރި ނުވެ އަދި ބައިވެރިވުމުގެ ނިޔަތެއްވެސް ނެތި މަރުވާ މީހާ، މަރުވާނީ މުނާފިޤުކަމުގެ ދަރަޖައެއްގައެވެ.” (މިޙަދީޡް ރިވާކުރެއްވީ މުސްލިމް)
ފުރަތަމަ މަޤްޞަދު – ފިތުނަތައް ނެތިކޮށްލުން
އިސްލާމްކަމުގެ ސަބަބުން އެއްވެސް މީހަކަށް ފިތުނައެއް ކުރިމަތި ކުރުމުގެ ބާރު ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި ތިބި ކުއްފާރުންނަށް ލިބިގެން ވާނަމަ ނުވަތަ މީހަކު އީމަން ވާން ބޭނުންވެ އެހެނަސް އެމީހުންގެ (ކުއްފާރުންގެ) ސަޒާއާއި އުނދަގުލުގެ ސަބަބުން ބިރުން، ނުވަތަ އީމާން ވުމުން އަނިޔާއާއި ހަރުކަށިކަމުގެ ނިޝާނަކަށް އެމީހާ ވާނަމަ އިސްލާމްދީނުގެ މަގަށް އެޅޭ ކޮންމެ ހުރަހެއް ގިރާ ކުރުމަށްޓަކައި އަދި އެހުރިހައި ފިތުނަތަކަށް ނިމުމެއް ގެނެއުމަށް ދާންދެން ޖިހާދު ކުރުން ފަރްޟެވެ.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
“وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ فَإِنِ انْتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ“
“އަދި ފިތުނަ (ޝިރުކު އާއި ކުފުރު) ނެތިއްޖެއުމަށް ދާންދެންނާއި، އަދި ދީން (އެންމެހައި އަޅުކަންތަކެއް) ހަމައެކަނި ﷲ އަށް ޚާލިޞް ވަންދެން ތިޔަބައިމީހުން ކުއްފާރުންނާ ހަނގުރާމަ ކުރާށެވެ! ފަހެ އެބައިމީހުން ހުއްޓާލައިފި ނަމަ (ކުފުރު ދޫކޮށް އިސްލާމްދީނަށް އަތުވެއްޖެނަމަ) ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަކުރުން ހުއްޓާލާށެވެ! ފަހެ، އެއަށްފަހު، އަނިޔާވެރިވާ މީހުންގެ މައްޗަށް މެނުވީ އިސްވެ ޙަމަލާ ދިނުމެއް ނުވެއެވެ.(ސޫރަތުލް ބަޤަރާ: 193)
މިހާރު ދުނިޔޭގައި އެންމެ ނިކަމެތިކޮށް އުޅޭ ބައެކީ މުސްލިމުންކަމާ މެދުގައި އެއްވެސް ޝައްކެތްނެތެވެ. މުސްލިމަކު ދީނުގެ އަޞްލު އުޞޫލުތަކުގައި ހިފައިގެން އެއަށް ޢަމަލު ކުރާނަމަ، އެމީހަކަށް ދިމާވާ ހުރަސްތައް ވަރަށްވެސް ގިނައެވެ. އެމީހެއް ޖަލަށްލައި، އަނިޔާކޮށް، ފުރައްސާރަކޮށް، ނަފުސާނީ ގޮތުން އެތައް އެތައް އަނިޔާތަކެއް ކުރެއެވެ. ޙައްޤު ދީނަށް ދަޢުވަތުދޭ މީހެއް ވެއްޖެއްޔާ، އެމީހަކު ހިފަހައްޓައި ދެމުންދާ ހާނިއްކަ ބަޔާންކުރަން ވެއްޖެއްޔާ މިލިޔުން މާދިގުވެދާނެއެވެ. އެހެންކަމުން، މިފަދަ ފިތުނަތައް ދުނިޔެއިން ނެތިކޮށްލައިގެން މެނުވީ އިސްލާމުންނަށް ކުރިން ލިބިފައިވާ ޢިއްޒަތް އަނބުރައެއް ނުލިބޭނެއެވެ. އޭގައި ހަމައެކަނި ޙައްލަކީ ކުއްފާރުންނާއި ހަނގުރާމަ ކުރުމެވެ.
ދެވަނަ މަޤުޞަދު – އިސްލާމީ ޣަލަބާ
މުޅި ދުނިޔޭގައި އިސްލާމްދީން ޣާލިބު ވެއްޖެއުމަށް ދާންދެން އަދި ހުރިހައި ތަނެއްގައި ﷲ ގެ ޤާނޫނު ނާފިޛު ވެއްޖެއުމަށް ދާންދެން ކުއްފާރުންނާ ހަނގުރާމަ ކަުރުމަކީ ފަރުޟެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
“وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ “
“އަދި ފިތުނަ (ޝިރުކާއި ކުފުރު) ނެތިއްޖެއުމަށް ދާންދެން، އަދި މުޅި ދީން އެއްކޮށް (އެންމެހައި އަޅުކަންތަކެއް) ﷲ އަށް (ޚާލިޞް) ވަންދެން ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަ ކުރާށެވެ! އެބައިމީހުން ހަނގުރާމަ ހުއްޓާލައި (އިސްލާމްދީނަށް) ރުޖޫޢަވެއްޖެނަމަ ފަހެ، ހަމަކަށަވަރުންވެސް ﷲ ތަޢާލާއީ އެއުރެން ކުރާހައި ޢަމަލުތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.” (ސޫރަތުލް އަންފާލް: 39)
ރަސޫލު ﷲ صلّى الله عليه وسلّم ޙަދީޡް ކުރެއްވިއެވެ.
“أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا اَن لَا إِلهَ إلَّا اللهُ وَاَنَّ مُحَمَّدًا رَسُولُ اللهِ وَيُقِيْمُوا الصَّلَاةَ وَيُوْتـُوا الزَّكَاةَ، فَإِذَا فَعَلُوا ذَالِكَ عَصَمُوا مِنِّي دِمَاءَهُم وَأَمْوَالَهُمْ إلَّا بِحَقِّ الإِسْلَامِ وَحِسَابُهُمْ عَلَى الله“
“އެބައިމީހުން ﷲ ފިޔަވައި ޙައްޤު ގޮތުަގައި އަޅުކަންވެވޭ ފަރާތެއްނުވާކަމާއި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމަށް ދާންދެންނާއި، އަދި އެބައިމީހުން ނަމާދު ޤާއިމުކޮށްފުމަށް ދާންދެންނާއި، އަދި ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް ތިމަން ކަލޭގެފާނަށް އަމުރު ކުރައްވައިފިއެވެ. ފަހެ، އެގޮތަށް އެބައިމީހުން ކަންތައް ކޮށްފިނަމަ އެބައިމީހުންގެ ލެޔާއި މުދާތައް ތިމަންކަލޭގެފާނުގެ ފަރާތް ޕުޅުން ސަލާމަތް ކޮށްފިއެވެ. އެކަމަކު އިސްލާމްދީނުގެ ޙައްޤު ފިޔަވައެވެ. އަދި އެބައިމީހުންގެ ޙިސާބު ބެއްލެވުން އެއީ ﷲ ތަޢާލާގެ ޒިންމާއެކެވެ.”
އަޅުަނޑުމެންގެ މުސްލިމު ޤައުމު ތަކުގައިވެސް މިހާރު ވަނީ ﷲ ގެ ނިޒާމު އެކަހެރިކޮށް ކުއްފާރުންގެ ބާޠިލު ނިޒާމުތައް ތަންފީޒު ކޮށްފައެވެ. ޤާނޫނު ހަދާ މަޖްލީސްތަކުގައި އިށީނދެ ތިބެ އެބައިމީހުން ކުރާހާ ކަމަކީ ﷲ ގެ ނިޒާމާ ނުވަތަ ޝަރުޢީ ނިޒާމާ އިދިކޮޅު ނިޒާމުތައް ހަދައި، އެތަންފީޒު ކުރުމަށް ގޮވާލުމެވެ. އެވަރު ކަމުނުގޮސްގެން މާތް ﷲ ގެ ނިޒާމަށް ހަޖޫޖަހައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلّى الله عليه وسلّم އަށް ހަޖޫޖަހައި، އެކަލޭގެފާނުގެ ސުއްނަތާއި ޚިލާފަށް ތިމާގެ ދޫހެލުންތެރިކަން ދެއްކުމަށް ގޮވެލިފަތި ގޮވަމުން ދަނީއެވެ. އެހެންކަމުން މިފަދަ ނިޒާމުތަކާއި ޤާނޫނުހަދާ މަޖުލީސްތައް ނެތިކޮށްލައި، އިލާހީ ދުސްތޫރު މިބިންމަތީގައި ތަންފީޒުކޮށްގެން މެނުވީ އަޅުަނޑުމެންގެ އިސްލާމްދީން ޣާލިބެއް ނުވާނެކަން ކަށަވަރެވެ.
ތިންވަނަ މަޤްޞަދު – ކުއްފާރުން ޖިޒްޔަ ދިނުން
ދުނިޔޭގެ ހުރިހައި ކުއްފާރުން (އިސްލާމްވާން ނޭދޭ މީހުން) އަމިއްލައަށް ނިކަމެތިވެ އަމިއްލަ އަތުން ޖިޒްޔަ ނުދޭހައި ހިނދަކު އެމީހުންނާ ހަނގުރާމަ ކުރުމަކީ ފަރްޟެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
“قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآَخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّى يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ“
“ފޮތުގެ އަހުލުވެރިންކުރެ (ޔަހޫދީންނާއި ނަޞާރާއިންކުރެ) ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހުންނާއި، އަދި ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންތައްތައް ޙަރާމް ނުކުރާ މީހުންނާއި، އަދި ޙައްޤު ދީން އިޚްތިޔާރު ނުކުރި މީހުން އެބައިމީހުން އަމިއްލައަތުން ޖިޒްޔަދީ އަދި ދެރަވެ ނިކަމެތިވެގަތުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަ ކުރާށެވެ.” (ސޫރަތުއް ތައުބާ : 29)
ހަތަރުވަނަ މަޤްޞަދު – ނިކަމެތީންނަށް އޭހީވުން
ދުނިޔޭގައި އެއްވެސް ކަންކޮޅެއްގައި މުސްލިމުންނަށް އަނިޔާ ލިބެމުން ދާނަމަ، އެމީހުން އަނިިޔާއިން ސަލާމަތްވުމަށް ދާންދެން ކުއްފާރުންނާ ހަނގުރާމަ ކުރުން ފަރުޟެވެ.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
“وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَل لَنَا مِنْ لَدُنْكَ نَصِيرًا“
“ނިކަމެތިވެ ބަލިކަށިވެފައިވާ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންތައް މަދަދު ކުރުމަށްޓަކައި ﷲ ގެ މަގުގައި ކަލޭމެން ހަނގުރާމަ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެނިކަމެތީންނަކީ (މިފަދައިން ދުޢާކުރާ މީހުންނެވެ.) އޭއަޅަމެންގެ ރައްބެވެ! އެރަށުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ މިރަށުން އަޅަމެން ނެރުއްވައިފާދޭނވެ! އަދި އިބަ ﷲ ގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި އިބަ ﷲ ގެ ޙަޟްރަތުން ނަޞްރުދޭނެ މީހަކު އަޅަމެންނަށް ލައްވައިފާނދޭވެ! (ސޫރަތުއް ނިސާ :75)
މިވަގުތު ދުނިޔޭގައި ކިތައް މުސްލިމުން ކުއްފާރުންގެ އަނިޔާވެރިކަމުގެ ޝިކާރައިގައި ޖެހިފައިވޭތޯއެވެ. ޢިރާޤާއި ފަލަސްތީނާއި، ކަޝްމީރާއި، އަފްޣާނިސްތާނުގައި ކިތައް ކިތައް މުސްލިމުންނެއް އެހީއާއި މަދަދަށް ގޮވަމުން ދޭހެއްޔެވެ؟ ދުވާލަކު ކިތައް އުޚްތުންގެ އިއްފަތްތެރިކަން ވެއްޔާލާ މޮޑެލާތޯއެވެ. އެންމެ އުޚްތެއްގެ މާތް ހަށިކޮޅަށް ކިތައް ޚިންޒީރުން އަރައިގަނޭތޯއެވެ. ކަޝްމީރުގެ ޙާލަތަށް ބެލިކަމުގައިވިޔަސް ހިންދޫންގެ ޢަމަލުތައްވެސް ހުރީ ހަމަ އެގޮތަށެވެ. ކަޝްމީރުގެ އުޚްތުންގެ ޢިއްފަތް ނަގާލާ އެވަރު ކަމުނުގޮސްގެން ބަނޑު ފަޅާލައި ބަނޑުގައި އޮންނަ ކުޑަކުއްޖާއަށް ދާންދެން ޝަހީދު ކޮށްލަނީއެވެ. މިފަދަ މާތް މުސްލިމް އުޚްތުންނާއި އަނިޔާ ލިބެމުންދާ ފިރިހެނުންނާއި ކުޑަކުދިން ކެނޑިނޭޅި އެހީއާއި މަދަދަށް ގޮވަމުންދަނީއެވެ. އަޅުގަނޑުމެންގެ އުއްމަތަކީ، އެއްއުއްމަތެއް ކަމުގައި ﷲ ތަޢާލާ ވަޙީނުކުރައްވާ ހެއްޔެވެ؟ އާނއެކެވެ. އެއީވެސް އަޅުގަނޑުމެން އުޚްތުންނެވެ. މިއީވެސް އަޅުގަނޑުމެންގެ އުޚްތުންނެވެ. އެއީވެސް އަޅުގަނޑުމެންގެ އަޚުންނެވެ. މިއީވެސް އަޅުގަނޑުމެންގެ އަޚުންނެވެ. ދުނިޔޭގައި ކޮންމެ ތަނެއްގައިވީ ކަމުގައިވިޔަސް އެއީ ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުނެވެ. އެހެންކަމުން އެއަޚުންނާއި އުޚްތުންނަށް ލިބޭ އަނިޔާއަކީ ހަމަ އަޅުގަނޑުމެންނަށްވެސް ލިބޭ އަނިޔާއެވެ. އެކަމަކުވެސް އެފަދަ އަނިޔާވެރި ބަޔަކާ ދެކޮޅަށް ތެދުވާމީހަކީ ޓެރޮރިސްޓެއް ކަމަށް ހަދައި އެމީހަކާއި ދެކޮޅަށް އަޅުގަނޑުމެންގެ މުސްލިމުންވެސް އިހްތިޖާޖު ކުރަމުން ދަނީއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. އޭ ﷲ އެވެ! މިފަދަ ޖާހިލީ ފިކުރުގެ މީހުންނަށް ހިދާޔަތް ދައްކަވާ، ކަންކަމުގެ ޙަޤީޤަތް އެބައިމީހުންގެ ހިތްތަކަށް އިލްހާމްކޮށް ދެއްވާދޭނވެ!
ފަސްވަނަ މަޤްޞަދު – މަޤްތޫލުންގެ ބަދަލު
ކާފިރަކު އެއްވެސް މުސްލިމަކު ޤަތުލު ކޮށްފިނަމަ އޭގެ ބަދަލު ހިފުން (ޤިޞާޞް ހިފުން) ވާޖިބުވާނެއެވެ. އާނކެވެ. މުސްލިމަކު އަތުން މުސްލިމަކު މަރުވެއްޖެނަމަ ދީނީ އުޚުއްވަތުގެ ސަބަބުން މަރުގެ ދިޔަދެވިދާނެއެވެ. ނުވަތަ މަޢާފު ކުރެވިދާނެއެވެ. އެހެންނަމަވެސް ކުއްފާރުންގެ ފަރާތުން ބަދަލު ހިފުން ފަރްޟެވެ. އެކަމަކު އޭނަ އިސްލާމްވެއްޖެނަމަ ފިޔަވައެވެ.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
“يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى“
“އޭއީމާންވި މީސްތަކުންނޭވެ! ޤަތުލު ކުރެވިފައިވާ މީހުންގެ ބަދަލު (ޤިޞާޞް) ހިފުން ކަލޭމެންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ.” (ސޫރަތުލް ބަޤަރާ: 178)
ހިޖްރައިން ހަވަނަ އަހަރު ރަސޫލު ﷲ صلّى الله عليه وسلّم ހަމައެކަނި ޢުމްރާއެއް ވުމުގެ ބޭނުން ފުޅުގައި މައްކާއަށް ވަޑައިގެންނެވިއެވެ. ކުއްފާރުން އެކަލޭގެފާނު ޢުމްރާވުމަށް މައްކާއަށް ވަދެ ވަޑައިނުގަނެވޭނެހެން ހަދާ އެކަލޭގެފާނަށް ހުރަސްއެޅި އިރުވެސް، އެކަލޭގެފާނުގެ ހިތްޕުޅުގައި ހަނގުރާމައެއް ކުރުމުގެ އެއްވެސް އެދުންފުޅެއް ނެތެވެ. ދެން ރަސޫލު ﷲ صلّى الله عليه وسلّم، عثمان رضى الله عنه ސަފީރަކަށް ހަދައި މައްކާއަށް ފޮނުއްވިއެވެ. މައްކާގެ މުޝްރިކުންތައް ޢުޡްމާނުގެފާނު އަނބުރާ އަޔަނުދީ ހިފެހެއްޓުމުގެ ސަބަބުން މުސްލިމުންނަށް ހީވީ މައްކާގެ މުޝްރިކުންތައް ޢުޡްމާނުގެފާނު ޤަތުލުކޮށްލީކަމުގައެވެ. ރަސޫލު ﷲ صلّى الله عليه وسلّم އަށް މިއަޑު އިވިވަޑައިގަތުމުން ޙަދީޡް ކުރެއްވިއެވެ. “މިހާރު އަހަރެމެން އެބައިމީހުންނާ ހަނގުރާމަ ކުރުމަށް މެނުވީ ނުދާނަމެވެ.” ދެން އެކަލޭގެފާނު 1400 ޞަޙާބީންގެ ފަރާތުން ހަނގުރާމަ ކުރުމަށްޓަކައި ބައިޢަތު ނެންގެވިއެވެ. ކުއްފާރުންގެ ކަންފަތްތަކަށް މިޚަބަރު ފޯރުމާއެކު ޢުޡްމާނުގެފާނު އަނބުރާ މުސްލިމުންގެ ގާތަށް ފޮނުވާލީއެވެ.
މަތީގައި ބަޔާންވެގެން ދިޔަ ޙާދިސާއިން، މިބައިޢަތު ނެންގެވުނީ ޢުޡްމާނު رضى الله عنه ގެ ބަދަލު ހިއްޕެވުމުގެ ގޮތުންކަން ވަރަށް ސާފުކޮށް އެނގިއްޖެއެވެ.
މިބައިޢާތާމެދު ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާކަން އިޢުލާން ކުރައްވާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ:
“لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ“
“އަދި ގަހުގެ ދަށުގައި ކަލޭގެފާނަށް ބައިޢަތުދިން ހިނދު، ﷲ ތަޢާލާ ވަނީ މުއުމިނުތަކުންނަށް ރުއްސަވާވޮޑިގަންނަވާފައެވެ.” (سورة الفتح: 18)
ހަވަނަ މަޤުޞަދު – މުޢާހަދާ މުގުރާލުމުގެ ސަޒާ
ކުއްފާރުންގެ ޤައުމެއް މުސްލިމުންނާ އެއްކޮށް މުޢާހަދާއެއް ކުރެވިފައިވަނިކޮށް އެބައިމީހުން، އެމުޢާހަދާއާއި ޚިލާފުވެ މޫނު އަނބުރާލައިފިނަމަ، އެބައިމީހުންނާ ހަނގުރާމަ ކުރުން ވާޖިބެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ:
“وَإِنْ نَكَثُوا أَيْمَانَهُمْ مِنْ بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنْتَهُونَ“
“އެބައިމީހުންގެ ޢަހުދުކުރުމަށްފަހު، އެބައިމީހުންގެ ހުވާތައް އުވާލައި، އަދި ތިޔަބައިމީހުންގެ ދީނަށް ޢައިބު ބަސްތައް ބުނެއުޅެނީނަމަ، ތިޔަބައިމީހުން ކާފަރުންގެ ބޮޑެތި ވެރިންނާ ހަނގުރާމަ ކުރާށެވެ. ހަަމަކަށަވަރުންވެސް ހުވަޔަކީ، އެބައިމީހުންނަކަށް އެއްވެސް އެއްޗެއްނޫނެވެ. (ހަނގުރާމަ ކުރަންވީ) އެބައިމީހުން އެކަންތައްތައް ހުއްޓާލާތޯއެވެ.” (ސޫރަތުއް ތަވްބާ: 12)
މުސްލިމުންގެ ޢަހުދާއި ޚިލާފުވި ޤައުމާ ނުވަތަ ބަޔަކާއި ކުރާ ހަނގުރާމާގައި ބައިވެރިވާ މުސްލިމުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އުފާވެރިކަމުގެ 6 ޚަބަރެއްވެސް ދެއްވާފައެވެ.
އެކަލާނގެ ވަޙީކުރައްވަނީ:
“قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُؤْمِنِينَ O وَيُذْهِبْ غَيْظَ قُلُوبِهِمْ وَيَتُوبُ اللَّهُ عَلَى مَنْ يَشَاءُ وَاللَّهُ عَلِيمٌ حَكِيمٌ“
“އެބައިމީހުންނާ ކަލޭމެން ހަނގުރާމަ ކުރާށެވެ! މާތް ﷲ ކަލޭމެންގެ އަތްތަކުން އެބައިމީހުންނަށް ޢަޒާބު ދެއްވާނެއެވެ. އަދި ދެރަކޮށް ނިކަމެތިވެސް ކޮށްލައްވާނެއެވެ. އަދި އެކަލާނގެ އެބައިމީހުންގެ މައްޗަށް ކަލޭމެންނަށް ނަޞްރުދެއްވާނެއެވެ. އަދި މުއުމިންތަކުންގެ ހިތްތަކަށް އެކަލާނގެ ޝިފާދެއްވާނެއެވެ. އަދި އެމީހުންގެ (މުއުމިނުންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެއެވެ. އަދި ﷲ އިރާދަ ކުރައްވާ ބައެއްގެ މައޗަށް ތައުބާ ލައްވާނެއެވެ. އަދި ﷲ ތަޢާލާއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ ރަސްކަލާނގެއެވެ.” (ސޫރަތުއް ތަވްބާ: 14، 15)
ހިޖްރައިން 6 ވަނަ އަހަރު ރަސޫލު ﷲ صلّى الله عليه وسلّم މައްކާގެ ޤުރައިޝުންނާއި 10 އަހަރުގެ ޞުލްޙައިގެ އެއްބަސްވުމެއް ވިއެވެ. އެއެއްބަސް ވުމުގައި އެބައިމީހުންގެ ހަރުކަށި ޝަރުތުތައްވެސް ޤަބޫލުފުޅު ކުރެއްވިއެވެ. މުސްލިމުން އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި ކަމަކަށް ވުމާވެސް އެކުއެވެ.
ހިޖްރައިން 8 ވަނަ އަހަރު ޤުރައިޝުން *ބަނޫ ޚަޒާޢާއި ދެކޮޅަށް ޙަމަލާދީ ޞުލްޙައިގެ މުޢާހަދާ މުގުރާލިއެވެ. ޞުލްޙައިގެ މުޢާހަދާ އުވާލުމާއެކު ރަސޫލު ﷲ صلّى الله عليه وسلّم ޖާނުދޭން ތައްޔާރަށްތިބި ދިހަހާސް މުޖާހިދުންގެ ލަޝްކަރަކާއިގެން ވަޑައިގެން މައްކާއަށް ޙަމަލާދެއްވައި އެތަން ފަތަޙަ ކުރެއްވިއެވެ.
(*ބަނޫ ޚަޒާޢަކީ މުޝްރިކުންގެ ބައެކެވެ. އެބައިމީހުންނާއި މުސްލިމުންނާ ދެމެދުވެސް ވަނީ މުޢާހަދާއެއް ކުރެވިފައެވެ. އޭގެ ޝަރުތަކީ މުސްލިމުންނަށް ނުރައްކަލެއް ދިމާވެއްޖެ ހިނދެއްގައި ބަނޫ ޚަޒާޢައިން މުސްލިމުންނަށް އެހީތެރިވުމެވެ. އަދި އެބައިމީހުންނަށް ނުރައްކަލެއް ދިމާވެއްޖެ ހިނދެއްގައި މުސްލިމުން އެބައިމީހުންނަށް އެހީތެރިވުމެވެ.)
މަދީނާގައި ދިރިއުޅޭ ޔަހޫދީ ޤަބީލާތަކާއި ރަސޫލު ﷲ صلّى الله عليه وسلّم އަމަންކަމާއި އެހީތެރިކަމުގެ މުޢާހަދާއެއް ކުރެއްވިއެވެ. އެބައިމީހުން މުޢާހަދާ އުވާލި ހިނދު، އެކަލޭގެފާނު ބަނޫ ޤައެނަޤާޢު އާއި ބަނޫ ނަޟީރު ވަށައިލެއްވުމަށްފަހު އެބައިމީހުންގެ ބާލިޣުވެފައިވާ ފިރިހެނުން ޤަތުލު ކުރައްވާފައި އަންހެނުން އަޅުންނަށް ހައްދަވައި ކުދިންތައް ޣުލާމުންނަށް ހެއްދެވިއެވެ.
ހަތްވަނަ މަޤުޞަދު – ދިފާޢަށްޓަކައި ހަނގުރާމަކުރުން
ކުއްފާރުންގެ ތެރެއިން އެއްވެސް ބަޔަކު ނުވަތަ ޤައުމެއް މުސްލިމުނަށް ޙަމަލާއެއް ދީފިނަމަ އޭގެ ދިފާޢުގައި އެބައިމީހުންނާ ހަނގުރާމަ ކުރުން ފަރުޟެވެ.
“وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ“
“ﷲ ގެ މަގުގައި ކަލޭމެންނާއި ހަނގުރާމަކުރާ މީހުންނާއި ހަނގުރާމަ ކުރާށެވެ! އަދި ހައްދު ފަހަނަ އަޅައި ނުދާށެވެ. ހަމަޔަޤީނުންވެސް ޙައްދު ފަހަނަ އަޅައިދާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެން ނުވެއެވެ.” (ސޫރަތުލް ބަޤަރާ: 19)
އަށްވަނަ މަޤުޞަދު – ހިފާފައިވާ ބިންތައް މިނިވަންކުރުން
ކުއްފާރުންގެ ތެރެއިން ބަޔަކު މުސްލިމުންގެ އެއްވެސް ތަނެއް ނުވަތަ ބިމަކަށް އަރައިގަނެ، އެތަނެއް ހިފައި އެމީހުންގެ ބާރުގެ ދަށުގައި އެތަނެއްވާނަމަ އެބައިމީހުން އެތަނަކުން ނުވަތަ އެބިމަކުން ނެރެލަން ޖެހޭނެއެވެ. އަދި ހަމައެއާކު ކުރީގައި ހުރި ޙާލަތަށް ދެވަނަ ފަހަރަށް މުސްލިމުންގެ އަތްދަށަށް އެތަނެއް ގެނައުން އެއީ މުސްލިމުންގެ މައްޗަށް ފަރުޟެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ:
“وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُمْ مِنْ حَيْثُ أَخْرَجُوكُمْ“
“އަދި ކަލޭމެންނަށް، އެބައިމީހުން އަތުޖެހުނު ކޮންމެ ތަނަކުން ޤަތުލު ކުރާހުށިކަމެވެ. އަދި ކަލޭމެން ނެރެ ބޭރުކުރި ތަނުން، އެބައިމީހުންވެސް ނެރެ ބޭރުކޮށްލާށެވެ.” (ސޫރަތުލް ބަޤަރާ : 191)
ސޫރަތުލް ބަޤަރާގައި طالوت عليه السّلام ވެރިކަމުގައި ބަނީ އިސްރާއީލުންގެ ހަނގުރާމައެއްގެ ވާހަކަ ޛިކުރުވެއެވެ. އެއީވެސް ހަމަ މުސްލިމުންގެ ބިމެއް ހިފުމަށްޓަކައި ކުރި ހަނގުރާމައެކެވެ. ﷲ ތަޢާލާ މުޖާހިދުންގެ ބަސްފުޅު ނަގުލު ކުރައްވައި ވަޙީކުރައްވަނީ:
“وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِنْ دِيَارِنَا وَأَبْنَائِنَا“
“އަހަރެމެންގެ ގެދޮރުންނާއި ދަރިން ކައިރިން ނެރެ ބޭރުކޮށްލި މީހުންނާ، އަހަރެމެން ހަނގުރާމަ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟” (ސޫރަތުލް ބަޤަރާ: 246)
ކަންމިހެން ހުރިއިރު އަޅުގަނޑުމެންގެ ގިޔަބަޔަކު ވަނީ ދުނިޔޭގެ ކުޅިމަޖަލާއި އެތަނުގެ ޒީނަތްތެރިކަމުގައި ޣާފިލުވެގަނެފައެވެ. ދީނުގެ ކަމެއް ހޯދައި ދިރާސާ ކުރުމަކީ ދަންނަކަމެއް ކަމުގައިވެސް ނުހަދައެވެ. ރެޔާާއި ދުވާލު ދުނިޔެވީ ކަންކަމުގައި ވަގުތުތައް ނަގާލަމުން ދަނީއެވެ. ﷲ އަށްޓަކައި ސައުވީސް ގަޑިއިރުގެ ތެރެއިން އެންމެ ގަޑިއިރެއްވެސް ހޭދަކޮށްލާ މީހަކު މަދެވެ. މީޑިޔާގެ ޒަރީޢާއިން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ހަމަ ފެންނައިރަށް އެއެއްޗެއް ޤަބޫލުކޮށްގެން ޙައްޤުގައި ތިބި މުޖާހިދުންނަށް ތިމާ ހިތުހުރިހައި ނުބައި ބަސްތަކެއް ބޭރުކުރަމުން ދަނީއެވެ. އަޅުގަނޑު ހިތަށްއަރައި ދުނިޔޭގެ މީޑިޔާ ކޮންޓްރޯލު ކުރަނީ ޔަހޫދީންނާއި ނަޞާރާއިންކަން މިބައިމީހުން ހަަމަ ނުދަންނަނީ ބާއެވެ.
ﷲ ތަޢާލާ ކުއްފާރުންގެ އަނިޔާތަކުންނާއި އެބައިމީހުންގެ އަތްދަށުން މުޖާހިދުން ސަލާމަތް ކުރައްވާށި! އާމީން.