“އޭ الله تعالى އެވެ. ޝަހީދުވުން މިންވަރު ނުކުރައްވާ ކަމުގައި ވާނަމަ އެންމެ ކުޑަމިނުން ޒަޚަމެއް މިންވަރު ކޮށްދެއްވާށެވެ.”

އޭ الله تعالى އެވެ. ޝަހީދުވުން މިންވަރު ނުކުރައްވާ ކަމުގައި ވާނަމަ އެންމެ ކުޑަމިނުން ޒަޚަމެއް މިންވަރު ކޮށްދެއްވާށެވެ.”

ލިޔުން ނަގާފައިވަނީ: އިމާމް ޢަބްދުﷲ އައްޒާމް(رحمه الله) ލިޔުއްވާފައިވާފޮތް التوحيد العملى (ޢަމަލުގެ ތައުޙީދު) އިން.

އަހަރުމެންގެ ތެރޭގައި ޝައިހު ތަމީމު އަލް އަދުނާނީ ވެއެވެ. 1406 ވަނަ އަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަހު ކޮމިއުނިސްޓް 3 ގޮތްޕެއް ބޭނުން ކޮށްގެން އޮޕަރޭޝަންއެއް ހިންގިއެވެ. ޓޭންކަރާއި މަތިންދާބޯޓާއި މިސައިލް ލޯންޗާއި އެކުގައިވާ 3000 ބައެވެ. އެންމެ ލޯންޗެއްގައި އެއްފަހަރާ 41 މިސައިލް ހަރުކުރެއެވެ. އެ ހުރިހައި މިސައިލެއް ދޫކުރަނީވެސް އެއްފަހަރާއެވެ. 41 މިސައިލް ކަލޭއާއި ދިމާއަށް އާދެއެވެ. ކަލޭގެ ފައިދަށުގައިވާ ފަރުބަދަ ގުޑިގެން ދެއެވެ. (އަދި އެބައިމީހުންގެ އަތުގައި) މޮޓާރބަޑިއާއި މެޝިންބަޑިއާއި ބަރު ހަތިޔާރު ހިމެނެއެވެ. ރަޝިޔާގެ ބޮޑު 5 ބައިގަނޑުވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ސްޕެކްނޭޒު ބުރިގޭޑް އެވެ. އެއީ ވަރަށް އަވަހަށް ހަރަކާތްކުރާ ބައިގަނޑެކެވެ. އެމީހުންނަށް ދެވިފައިވާ ނަމަކީ ” ރަޝިޔަން ލައިޓްނިންގް” އެވެ. (މާނައަކީ ރަޝިޔާގެ ވިދުވަރެވެ.)
ޝައިހު ތަމީމު މި ހަނގުރާމައިގައި ބައިވެރިވިއެވެ. ޝައިހު ތަމީމުގެ ގައިގައި 140 ކިލޯ ހުރެއެވެ. ޝައިހު މީހަކުދެކެ ރުޅިއައިސްފިނަމަ އެމީހަކާއި ދިމާއަށް “އަހަރެން ކަލޭގެ ގައިގައި އިށީންނާނަމޭ” ބުނާ ސަބަބަކީ އެއީއެވެ. އޭގެމާނައަކީ ކަލޭމަރާލަން އުޅޭވާހަކައެވެ.

ޝައިހު ތަމީމު ގަހެއްގެ ދަށުގައި އިށީނެވެ. (އަދި ދުޢާކުރިއެވެ.) “އޭ މަރުދެއްވާ އިލާހެވެ. ރޯދަމަހުގެ ފަހު ދުވަހު ޝަހީދުވުން (މިންވަރު ކޮށް ދެއްވާށެވެ.)” ދުވަހަކީ ރޯދަމަހުގެ 30 ވަނަ ދުވަހެވެ. އެންމެފަހު ދުވަހެވެ. އެހެންކަމުން އެ ޝެއިޚް ޤުރުއާން ކިޔަވަން ފެއްޓެވިއެވެ. ފުރަތަމަ ފޮތް ކިޔަވައި ނިންމިއެވެ. އޭރު ވަޒަންތައް އެޝެއިޚްގެ މޫނުކައިރީގަ އާއި ކަންފަތްކައިރީގައި ދަތުރުކުރެއެވެ. އޭރު އެގަހުގެ ދަށުގައި ދިރިހުރެވޭނެ ކަމުގައި އެއްވެސް މީހަކު ހީނުކުރެއެވެ. އެހެނީ އޭރު މަތިންދާ ބޯޓުން މެދު ކެނޑުމެއްނެތި ބޮން އަޅަމުންދެއެވެ. އަދި މޯޓަރ ބަޑިންނާއި މިސައިލުން ސީދާ އެޝެއިޚާ ދިމާއަށް ޙަމަލާތައް އަންނަމުންދެއެވެ.

މުޅި ގަހުގައި ވަނީ ހުޅުހިފާފައެވެ. އެކީ އަދަމުންދަނީއެވެ. ކަލެއާކައިރީގައިވާ މީހަކު ގާތު ފުރިހަމަ ޖުމްލައެއްވެސް ނުބުނެވޭނެއެވެ. “ކަލޭގެ އަތުގައި ވަޒަން އެބަހުރި ހެއްޔެވެ؟” ބުނަން އުޅެނިކޮށް “ކަލޭގެ އަތުގައި” އޭބުނެވޭ އިރަށް ރޮކެޓެއް ނުވަތަ މޯޓަރ އެއް ނުވަތަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ދެން އޮތް ބަހެއް ނުބުނެވޭނެއެވެ. ކަލޭގެ ޖުމްލަ ފުރިހަމަ އެއް ނުކުރެވޭނެއެވެ. (އެހާވެސް ނުރައްކާތެރި ޙާލަތެކެވެ.)

ސުވަރުގޭގެ ވާހަކަ އައިސްފައިވާ އާޔަތެއް ޝައިޙް ތަމީމް ކިޔާ ކޮންމެ ފަހަރަކު މިސާލަކަށް
﴿أُوْلَـئِكَ أَصْحَـبُ الْجَنَّةِ هُمْ فِيهَا خَـلِدُونَ ﴾ (البقرة:82)
“…އެބައިމީހުންނަކީ ސުވަރުގޭގެ އަހުލުވެރިންނެވެ. އެބައިމީހުން އެތަނުގައި ދެމިތިބޭނެއެވެ.”

އެއާޔަތް ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. “ސުވަރުގެއާއެކު ތިމަންނަ ގަޔަށް ވަޒަނެއް އަރާނެ ނަމައެވެ.”

﴿أُوْلَـئِكَ أَصْحَـبُ الْجَنَّةِ هُمْ فِيهَا خَـلِدُونَ ﴾ (البقرة:82)
“…އެބައިމީހުންނަކީ ސުވަރުގޭގެ އަހުލުވެރިންނެވެ. އެބައިމީހުން އެތަނުގައި ދެމިތިބޭނެއެވެ.”

އެފަދައިން ފުރަތަމަ ފޮތާއި ދެވަނަ ފޮތް ނިންމިއެވެ. އަދި ނަރައިގެ ވާހަކަ އައިސްފައިވާ އާޔަތެއް ދިމާވެއްޖެނަމަ އެއާޔަތް އަވަސްކުރައްވައެވެ. ނަރަކައިގެ ވާހަކަ ކިޔަވަނިކޮށް ވަޒަނެއް އަރައިފާނެތީ ބިރުންނެވެ. އެގޮތުން ތިންވަނަ ފޮތާއި ހަތަރުވަނަ ފޮތާއި ފަސްވަނަ ފޮތް ކިޔައި ނިންމައިލިއެވެ. ތިމާގެ ނަންވެސް ހަނދުމަނެތި ކުރުވާފަދަ ބިރުވެރި ކަމުގައެވެ.

والله.(ﷲ ގަންދީބުނަމެވެ.) އޭ އަޚުންނޭވެ. އަހަރެމެންނަށް އެންމެ އުދަގޫވީ އިސްތިންޖާގައިވީ ވަގުތުގައެވެ. އެހެނީ އެއްވެސް މީހަކަށް އިސްތިންޖާއަށް ގޮސް ދިރި ހުރެވޭނެ ކަމުގައި ހީނުކުރެވޭނެ އެވެ. އިސްތިންޖާގައި ހުއްޓާ ޝަހީދުވެދާނެ ކަމުގެ ބިރު އޮވެއެވެ. އެންމެ ބުރަބޮޑު ކަމަކަށްވީ މިކަމެވެ.

އެހެންކަމުން ޝައިޙު ދެން ވިދާޅުވިއެވެ. “އޭ الله تعالى އެވެ. ޝަހީދުވުން މިންވަރު ނުކުރައްވާ ކަމުގައި ވާނަމަ އެންމެ ކުޑަމިނުން ޒަޚަމެއް މިންވަރު ކޮށްދެއްވާށެވެ.” ހަ މިނެޓް ފާއިތުވެއްޖެއެވެ. ހަތް މިނެޓް ވެއްޖެއެވެ. ހަތަރު ގަޑިއިރު ވެއްޖެއެވެ. އެހުރިހާ ވަގުތެއް ހޭދަކުރީ ހަމަ އެބޮންތައް މެދުކެނޑުމެއްނެތި އަޅަމުން ދިޔަ ދިމާގައެވެ. ވާރޭ ވެހޭ ފަދައިންނެވެ.

ޝައިޙް ތަމީމް ވިދާޅުވިއެވެ. “އެދުވަހަށް ފަހު އަހަރެންނަށް އެނގުނީ (މިފަދައިން) މަރުވުމެއްނުވާކަމުގައެވެ. ޢާލަމްތަކުގެވެރި ރައްބު އެ ނިންމަވާ ހަމަޖައްސަވާފައިވާ ޚާއްސަ ސުކުންތުގައި މެނުވީ މަރުވުމެއްނުވާކަމެވެ. ތިމާއަށް ހަމަޖައްސަވާފައިވާ ޚާއްސަ ސުކުންތުގައި މެނުވީ މަރުވުމެއްނުވާކަމެވެ. ނުރައްކާތެރި ކަންކަމުގެ ތެރެއަށް ވަދެ އުޅުމަކުން ތިމާއަށް ހަމަޖައްސަވާ ނިންމަވާފައިވާ ވަގުތު އަވަސް ނުވާނެކަމެވެ. ސަލާމަތްކަމާއި އަމާން ކަމަކުން ތިމާއަށް މަރު ދުރު ނުވާނެ ކަމެވެ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.