ނަގުލަންދާއްޓެއް ކަށިޖެހީމަ ހައިރާންވާންވީ ކީއްވެ؟

ނަގުލަންދާއްޓެއް ކަށިޖެހީމަ ހައިރާންވާންވީ ކީއްވެ؟

الحمدلله والصلاةوالسلامعلىرسول الله

އަޅުގަނޑުމެންގެ މިލިޔުންކޮޅުގެ މަގްސަދަކީ އިސްލާމްދީން އައްޑަނައަކަށް ނަގައިގެން އިލްމުވެރީންގެ ނަމުގައިތިބެ ބަޔަކު އިސްލާމީ އުންމަތުގެ ރާއްޖެއަށް ނިސްބަތްވާ އަޚުންނާއި އުޚްތުން މަގުފުރައްދަމުންދާތީ އެކަމަށް ހޭލުންތެރިކޮށްދިނުމެވެ. ތަޢާރަފެއްގެ ގޮތުގައި، އިސްލާމްދީނަކީ އެއްގޮތަކަށްވެސް މަދު ގްރޫޕެއް ގިނަބައެއްގެ މައްޗަށް، އެގިނަ ބައިގަނޑު އެބައެއްގެ ހިތުތެރޭގައި އިސްލާމްދީންގެ އެއްވެސް ޢައިބެއް އަދި އުނިކަމެއް ނެތް ނިޒާމްއާއި ދޭތެރޭ، ލޯތްބާއި ޤަދަރާއި އަދި އެއަށް ބޭނުންވުމާއި އަދި ޢަމަލީ ސިފައިން އެނިޒާމް އަދި އެދީނުގެ ހުރިހާ ކަންކަމެއް، އިޤްތިޞާދުގައިވެސް، ސިޔާސަތުގައިވެސް، އިޖްތިމާޢީ ކަންކަމުގައިވެސް، އަދި މިހެން އައިސް ޢާއިލާ ދޭތެރޭގައި އޮންނަންޖެހޭނެ ގުޅުންތައް ބައްޓަންކުރެވިފައިވާ ގޮތް ތަފްޞީލާއި އެއްކޮށް ހިމަނާލެވިފައިވާ ނިޒާމް، އަމަލީގޮތުން ތަންފީޒު ކުރަން ނޭދޭ ހާލު ގިނަބައެއްގެ ވޯޓާއި ތަރުހީބުން ނާންނާނޭ ނިޒާމެކެވެ. ސަބަބަކީ ގިނަބަޔަކީ ހެވަށް ނޭދޭ ބައެއްކަމުގައި ވާތީއެވެ. އަދި އިންސާނިއްޔަތުގެ ތާރީޚުގައި ރަނގަޅު ބައިގަނޑުވަނީ މަދުވެގެން ކަމުގައި ވާތީއެވެ. މިލިޔުމަކީ، އިސްލާމްދީން އުފެދިގެން އައިގޮތާއި އަދި މިވަގުތު މިފުރިހަމަ ނިޒާމް ގިނަ އިންސާނުންގެ ހިތުތެރެއިން ތަފާތު އެކިކަހަލަ ރޭވުންތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ފުހެލެވިފައިވާއިރު(މިސާލަކަށް ކިޔަވައިދޭ ނިޒާމާއި، މީޑިއާ މެދުވެރިކޮށް،މިދީން ދިރުވަން ކުރެވިދާނެ ކަމަކާއި ދޭތެރޭގައި ލިޔެވޭ އެއްޗެއް ނޫނެވެ. އަދި އެއްގޮތަކަށްވެސް ގިނަބަޔަކު ހިތް އެދޭގޮތަށް، ހިތް އެދޭކަހަލަ ވެރިކަމެއްގެ ނަމުގައި އެމެރިކާއާއި، އަދި އެމެެރިކާއަށް އަޅުކަންކުރާ ބައެއް މުއްސަނދިން ގުޅިގެން ކޮންޓްރޯލްކުރާ، އިސްލާމްދީނާއި ދިމާޚިލާފު ‘ޑިމޮކްރެސީ’އޭ ކިޔައިގެން ކުރާވެރިކަމެއްގެ ހިތި ޙަޤީޤަތް ބަޔާންކޮށްދިނުމަށް ލިޔެވޭ ލިޔުމެެއްވެސް ނޫނެވެ. އެކަމުގެ ކުފުރާއި މަގުފުރެދުން،الله تعالىއަހަރެމެންނަށް ފުރުސަތު ދެއްވައިފިނަމަ،ބަޔާންކޮށްދޭނެކަން ތިހުރިހާ އަޚުންނާއި އުޚުތުންނަށް ކަށަވަރުކޮށްދެމެވެ.

——————- read full post here Insha Allaah:

http://www.archive.org/details/MagufuredhifaivaaAdalatParty

__________________

Leave a Reply