އޭ ޖަމިއްޔަތުލް ސަލަފެވެ ތީ ހަމަ ސަރުކާރުގެ ބަސްއަހާ ކުޑަކުޑަ ބުޅަލެކެވެ
އޭ ޖަމިއްޔަތުއް ސަލަފެވެ! އޭ ނަބިއްޔާގެ މަންހަޖާއި ޚިލާފުވެ މަންހަޖުގައި މަގުފުރެދިފައިވާ މުރުޖިއާ ޝައިޚުން ނޭވެ! ހަމަކަށަވަރުން، އީމާންކަމާއި ކުފުރުގެ އުސޫލުތައް ކަލޭމެންނަށްވަނީ މުޅިން އޮޅިފައެވެ. އަދި އިސްލާމްދީނުގެ ދަޢުވަތު ގެންދަންވީ ގޮތާއިމެދު ކަލޭމެންވަނީ ޖާހިލުވެފައެވެ. އަދި ކަލޭމެންގެ ފިތުނައާއި މަގުފުރެއްދުން ދިވެހި މުޖުތަމައަށް ވަނީ ޢާންމުވެ ނުރައްކާވެފައެވެ. ފަހެ، ކަލޭމެންގެ ނަންތަކުގެ ފަހަތަށް، އަދި ކަލޭމެންގެ ޖަމިއްޔާގެ ފަހަތައް “ސަލަފް” ނުވަތަ “ސަލަފީ” ކީކަމަކު، ހަމަކަށަވަރުން، ސަލަފުއް ޞާލިޙުންވަނީ ކަލޭމެން ތިކުރާ ކަމަކުން ބަރީޢަވެވަޑައިގެންނެވެ.
ވީމާ، ކަލޭމެންނާއި ދިވެހި އަޚުންނާއި އުޚްތުންނަށް ކަލޭމެން އޮޅުވާލާ، މަކަރުހަދާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް މިފުރުސަތުގައި ބަޔާންކޮށް،ފަޅާއެރުވޭތޯ މަސައްކަތްކުރާނަމެވެ.
ފަހެ، އީމާންކަމާއި ކުފުރުގެ މައްސަލައަކާއިމެދު ކަލޭމެންނާއި ސުވާލު ކުރެވިއްޖެނަމަ، ކަލޭމެން ގަސްތުގައި ނުވަތަ ޖާހިލުކަމުން އޮޅުވާލައެވެ. މިސާލަކަށް، ޠާޣޫތު މައުމޫނަކީ މުރުތައްދު ކާފަރެއްތޯ ކަލޭމެންނާއި ސުވާލު ކުރެވިއްޖެނަމައެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންނަކީ މުރުތައްދު ބައެއްތޯ ކަލޭމެންނާއި ސުވާލުކުރެވިއްޖެނަމައެވެ. ނުވަތަ ﷲގެ ޤާނޫނު ދޫކޮށް އެހެން ޤާނޫނެއް ހަދައި، ޙުކުމް ކުރާމީހުން މިއްލަތުން ބޭރުވާނެތޯ ކަލޭމެންނާއި ސުވާލުވެވިއްޖެނަމައެވެ. އެހައިރުން، ކަލޭމެން އޮޅުވާލައި،މަކަރު ހަދައެވެ. ކަލޭމެން ބުނަނީ އެކުފުރަށް އިސްތިޙްލާލް ނުކުރާނަމަ ކާފަރެއް ނުވާނެކަމަށެވެ. ނުވަތަ އިސްލާމްދީނުގެ ޙުކުމަކީ އެންމެ ރަނގަޅު ޙުކުމްކަމަށް ހިތުން ޤަބޫލުކުރާހާ ހިނދަކު ތަކްފީރުގެ ޙުކުމެއް ނުޖެހޭނެކަމަށެވެ.
ޚަބަރުދާރެވެ! ހަމަކަށަވަރުން، ޙުކުމްވަނީ ﷲ އަށް އެކަންޏެވެ. އަދި ﷲ ތަޢާލާގެ ޙުކުމްގައި އެއިލާހު އެއްވެސް މީހަކަށް ބައެއް ނާޅުއްވައެވެ. އެހެނެއްކަމަކު، ޙުކުމަކީ ﷲ އަށް ޚާއްސަވެގެންވާ ކަމެކެވެ. އަދި އަހުލުލް ސުންނަތް ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ ތެރެއިން “ކުފުރު ދޫން ކުފުރު” އޭ ވިދާޅުވި ބޭފުޅެއް ވިދާޅުވީ ﷲ ގެ ޙުކުމަށް ޙުކުމްކުރާ މީހުންނާއި މެދުގައެވެ. އެމީހުން އެއްފަހަރު ނުވަތަ މަދުފަހަރަކު ﷲ ގެ ޙުކުމަށް ޙުކުމް ނުކުރެއެވެ. އެއީ، އެމީހުން ފާފަވެރިވާކަމަށް އެމީހުން ޤަބޫލުވެސް ކުރާ ހިނދުގައެވެ. އެހެނެއްކަމަކު، ﷲ ގެ ޙުކުމް ދޫކޮށްލާ މީހާ ނުވަތަ ﷲ ގެ ޙުކުމުގެ ބަދަލުގައި ޙުކުމް ޝަރުޢުކުރާމީހާ ނުވަތަ ﷲ ގެ ޙުކުމުގެ ބަދަލުގައި މީސްތަކުން ހަދާފައިވާ ޙުކުމަށް ޙުކުމް ކުރާމީހާގެ މުރުތައްދުކަމާއި ކާފަރުކަމުގެ މަށްޗަށް އަހުލުލް ސުންނަތް ވަނީ އިޖުމާޢުވެގެންނެވެ. އަދި އެފަދައިން ޙުކުމްކުރާ ތަނަކަށް ޙުކުމް ހުށައެޅުމަކީ ނުވަތަ އެފަދައިން ޙުކުމްކުރާ މީހެއްގެ ގާތަށް ޙުކުމް ކުރަން ދިޔުމަކީ ކާފަރުވެ ދީނުންބޭރުވާ ކަމެއްކަމަށް އަހުލުލް ސުންނަތް އެއްބަސްވެގެންވެއެވެ.
ފަހެ އިބްނު ބާޒްވެސް ވިދާޅުވިއެވެ:
” ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމަށްވުރެ މީސްތަކުންގެ ޙުކުމާއި ޚިޔާލު މަތިވެގެންވާ ކަމަށް ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމާއި އެއްވަރުވެގެން ވާކަމަށް ނުވަތަ ވައްތަރުވެގެން ވާކަމަށް ދެކޭމީހާގެ އީމާންކަމެއް ނުވެއެވެ. ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމް ދޫކޮށްލާމީހާ ނުވަތަ މީސްތަކުން ހަދާފައިވާ ޙުކުމްތަކުން އަދި ޤާނޫނުތަކުން ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމްތައް އެކަހެރިކޮށްލާމީހާ، އުވާލާމީހާގެ އީމާންކަމެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްތަކަކީ މާފުރިހަމަ، އަދި މާޢަދުލުވެރި ޙުކުމްތަކެއް ކަމުގައި އޭނާ ޤަބޫލުކުރިކަމުގައި ވިޔަސްމެއެވެ.”(ރިސާލާތު ވުޖޫބް ތަޙްކީމް ޝަރީޢަތުﷲ، ޞަފްޙާ 39). އަދި މި މައުޟޫގައި އިތުރަށް ކިޔަވަން ބޭނުންމީހަކު ،”އަލް ބިދާޔާ ވަ ނިހާޔާ” 13/119، އަދި “އަލް ފަތާވާ” 28/524 ،އަދި އިމާމް އައްޝައުކާނީގެ “އަލް ދަވާ އަލް ޢަޖާލް” ޞަފްޙާ 33-35 ، އަދި މުޙައްމަދު އަލް ޢަމީން އައްޝަންޤީތީގެ “އަދްވާ އަލް ބަޔާން” 4/82-85 ، އަދި ތަފްސީރު އައްޠަބަރީ” 4/592 ،އަދި މަޙްމޫދު ޝާކިރުގެ “ތަފްސީރު އައް ޠަބަރީ” 10/348 ،އަދި މަޝްހޫރު” އައް ދުރަރުއް ސަނިއްޔާ” 8/231 ،އަދި “ފަތުޙުލް މަޖީދު” ޞަފްޙާ 110-111 ،އަދި “ފަތާވާ އަލްއިމާމް މުޙައްމަދު ބިން އިބްރާހީމް އާލްޝައިޚް “12/280، 6/189، އަދި “މުޖާލިތް އަލް މިޝްކާތު” 4/247 ،އަދި “ތަޙްކީމުލް ޤަވާނީން” އަދި މަޝްހޫރު “މަޖުމޫޢަތުއް ތައުޙީދު” ސަފްޙާ 412، އަދި އަޙްމަދު ޝާކިރުގެ “އުމްތާދު އައްތަފްސީރު މުޚްތާސިރު ތަފްސީރު އިބްނި ކަޘީރު” 3/214-215، 4/173-174 ބައްލަވާށެވެ.
އަދި ކުފުރުގެތެރެއިން ފޮރުވިފައިހުންނަ މައްސަލަތަކުގައި މެނުވީ ތަކްފީރުކުރުން ޢިލްމުވެރިން ހުއްޓުވާފައެއް ނުވެއެވެ.
އޭ ޖަމިއްޔަތުއް ސަލަފެވެ! ކަލޭމެންނަށް ދީނުގެ އަސްލުތައް މީސްތަކުންނަށް އޮޅުންފިލާނޭހެން ބަޔާންކޮށް ނުދެވޭނަމަ ދަޢުވަތޭ ކިޔައިގެން ތެޅިނާރުވާށެވެ. ފަހެ، ދިވެހި ސަރުކާރާއި ޤާނޫނު އަސާސީ އާއި ޚިލާފުނުވާނޭގޮތަށް އިސްލާމްދީނުގެ ދަޢުވަތު ފަތުރާނޭ އެއްވެސް ގޮތެއް ވޭހެއްޔެވެ؟ ނޫނީވިއްޔާ ކަލޭމެން ޠާޣޫތުންގެ ހުއްދައިގެ ދަށުން ޠާޣޫތުގެ ޤަވައިދާއި ޚިލާފުނުވާނޭ ގޮތަކަށް ދަޢުވަތު ފަތުރަނީ ތޯއެވެ؟ ޚަބަރުދާރެވެ! ކަލޭމެން ޖޯކު ވާހަކަ ނުދައްކާށެވެ! ކަލޭމެން ތިކުރާކަމެއްގެ މިސާލަކީ ފިރުޢައުނު ގާތަށް ގޮސް އޭނާއާއި ދެކޮޅުވެރި ނުވާނޭހެން އިސްލާމްދީނުގެ ދަޢުވަތު ފަތުރަން އުޅުންކަހަލަ ކަމެކެވެ. ނުވަތަ ބުޝް ގާތަށްގޮސް އޭނާއާއި ޚިލާފު ނުވާގޮތަށް އިސްލާމްދީން ޤާއިމްކުރުމަށް ހުއްދަނަގައި، އެގޮތަށް މަސައްކަތްކުރުން ފަދަކަމެކެވެ. ޚަބަރުދާރެވެ! އޭރުން ފެތުރޭނީ އިސްލާމްދީނެއް ނޫނެވެ! އެކަމަކު އުފެދިގެންވާނީ ފިތުނަ ފަސާދައެވެ. ބިދުޢައާއި ޖާހިލުކަމެވެ. ދިރެމުންދާނީ ކުފުރާއި ޝިރުކެވެ! ހަލާކުވެ، ފަނާވެގެންދާނީ އިސްލާމީ އުއްމަތެވެ.
އަދި އަހުލުލް ސުންނަތް ވަލް ޖަމާޢަތުގައި އީމާންކަމާއި އިސްތިޙްލާލް އޮތްގޮތެއް ކަލޭމެންނަށް ބަޔާން ކޮށްދެމެވެ:
އިމާމް އައްޝާފިޢީ ވިދާޅުވިއެވެ: “ޞަޙާބީންގެ އިޖްމާޢުންނާއި، އަދި ތާބިޢީންގެ އިޖްމާޢުންނާއި، އަދި އެމީހުންގެ ފަހުންވީ މީހުންގެ އިޖްމާޢުންނާއި، އަދި އަހަރެމެން ދުށްމީހުންގެ އިޖްމާޢުން، އީމާންކަމަކީ: ދުލުގެ ބުނުމާއި، ބޭރުފުށުގެ ޢަމަލާއި ހިތުގެ ނިޔަތެވެ. އަދި މީގެން އެއްކަމެއްވެސް
ދެންހުރިކަންތައްތަކާއި އެކުގައި މެނުވީ ނުވެއެވެ.” (މަޖްމޫޢުލް ފަތާވާ 7/308)
ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު ވިދާޅުވިއެވެ:
“އެއްވެސް ޚިލާފެއް ނެތެވެ. ތައުޙީދު ވަނީ ހިތުގައާއި، ދުލުގައާއި، ބޭރުފުށުގެ ޢަމަލުތަކުގައެވެ. އަދި މިކަންތައްތަކުގެ ތެރެއިން އެންމެކަމެއްވެސް އުނިވެއްޖެ މީހާ މުސްލިމަކަށް ނުވާނެއެވެ.” (ކަޝްފުއް ޝުބުހާތު، ޞަފްޙާ 40)
އަދި އަލްއިމާމް އައްތަޙާވީ ވިދާޅުވިއެވެ:
” ޤިބުލައިގެ އަހުލުވެރިންގެ ތެރެއިން އެއްވެސް މީހަކަށް، އެމީހަކު ކުރާ ފާފައަކަށް އިސްތިޙްލާލު ނުކުރާނަމަ އަހަރެމެން ތަކްފީރެއް ނުކުރަމެވެ.” އަދި މިއީ ސަލަފުން މުކައްފިރާތުގެ ތެރޭގައި ނުހިމެނޭ ފާފަތަކާމެދު ވިދާޅުވާ ބަސްފުޅެވެ. މިބަސް ޝަރަހަ ކުރައްވައި ޝައިޚުލް އިސްލާމް އިބްނި ތައިމިއްޔާ ވިދާޅުވިއެވެ:
” އަދި ފާފައެއް ކުރާމީހަކު ކާފަރަކަށް ނުވާނެކަމަށް އަހުލުލް ސުންނަތް އެއްބަސްވެފައި ވާކަމަށް އަހަރެމެން ބުނާނަމަ، ދެންފަހެ، އަހަރެމެން އެ މާނަކުރަނީ ޒިނޭކުރުމާއި،ރާބުއިންފަދަ ފާފަތަކެވެ.” (އަލް އީމާން، ޞަފްޙާ 24)
އަދިވެސް، ޝައިޚުލް އިސްލާމް ވިދާޅުވާ ގޮތުގައި އަހުލުލް ސުންނަތް ވަލް ޖަމާޢަތުގެ ޢަޤީދާ ބަޔާންކުރުމުގައި އަހުލުލް ސުންނަތުގެ ޢިލްމުވެރިން އެހެން އެވިދާޅުވާނީ، “ޚަވާރިޖުންގެ ބިދުޢައާއި މެދުގައެވެ. އެހެނީ، ޚަވާރިޖުންނަކީ ފާފައެއް ކުރާމީހަކަށް ތަކްފީރުކުރާ ބައެކެވެ.” (މަޖުމޫޢުލް ފަތާވާ، 12/474)
ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު ވިދާޅުވިއެވެ:
“އަދި އެކަންތައްވަނީ ކަލޭމެން އެންމެ ބޮޑަށް މަކަރުހަދާ، އޮޅުވާލާ ކަންތައްތަކުގެ ތެރޭގައެވެ.(އެއީ) ކަލޭމެން ތި މަސައްކަތްކުރަނީ ޢިލްމުވެރިން ވިދާޅުވި ބަސް މީސްތަކުންނާއި ދެކޮޅަށް ބޭނުންކުރާށެވެ. ޢިލްމުވެރިން ވިދާޅުވިއެވެ: ‘އަދި މުސްލިމަކު ފާފައެއް ކުރުމުގެ ސަބަބުން އޭނާއަށް ތަކްފީރުކުރުމަކީ ހުއްދަކަމެއް ނޫނެވެ.’ ފަހެ، މިބަހަކީ ތެދުބަހެކެވެ. އެހެނެއްކަމަކު މިބަހަކީ އަހަރެމެން މިވާހަކަ ދައްކާކަމާއި ބެހޭގޮތުން އޮތް ބަހެއްނޫނެވެ.( ޢިލްމުވެރިން އެހެން އެވިދާޅުވީ ޚަވާރިޖުންގެ ބިދުޢައާއި މެދުގައެވެ.) ސަބަބަކީ، ޚަވާރިޖުން ޒިނޭކުރާ މީހާއަށް ތަކްފީރުކުރެއެވެ. ވައްކަންކުރާ މީހާ އާއި، ނުވަތަ ލޭއޮހޮރުވާލާ މީހާއާއި، އަދި އެއްވެސް ބޮޑުފާފައެއް ކުރާމީހާއަށް ތަކްފީރުކުރެއެވެ. އެމީހުންގެ ގާތުގައި މުސްލިމަކު އެފަދަ ފާފައެއް ކޮށްފިނަމަ އެމީހަކު ކާފަރުވެއްޖެއެވެ. ފަހެ، އަހުލުލް ސުންނަތުގެ މީހުންގެ ޢިލްމަކީ، ޝިރުކު ކުރުމުން ނޫނީ މުސްލިމަކު ކާފަރެއް ނުވެއެވެ. އަދި ޝިރުކު ކުރުމުގެ ސަބަބުން ނޫނީ އަހަރެމެން ޠާޣޫތުންނާއި، އެބައިމީހުންނަށް ތަބާވާމީހުންނަށް ތަކްފީރެއް ނުކުރަމެވެ. އަދި ކަލެއަކީ ޖާހިލުންގެ ތެރެއިންވާ މީހެކެވެ. ކަލޭ ހީކުރަނީ، ޤަބޫލުކުރަނީ، ނަމާދުކުރާ ކޮންމެ މީހަކީ، އަދި މުސްލިމެއްކަމަށް ދަޢުވާކުރާ ކޮންމެ މީހަކީ ދެންފަހެ ކާފަރުނުވާ މީހެއް ކަމަށެވެ.” (އައް ރަސާއިލް އައްޝަޚްސިއްޔާ ލިއް ޝައިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު، ޖާމިޢަތު އަލް އިމާމު މުޙައްމަދު ބިން ސުޢޫދު ޕްރިންޓް، ޞަފްޙާ 233-234)
އޭ ޖަމިއްޔަތުއް ސަލަފެވެ! ކަލޭމެން އިސްލާޙުވާށެވެ! އަދި ސީދާވެގެންވާ މަންހަޖުގެ މަތީގައި ހިނގަން ފަށާށެވެ! ހަމަކަށަވަރުން، ދަޢުވަތު ފެތުރުންވަނީ ނަބިއްޔާ އާއި ޞަޙާބީންގެ މަންހަޖުގެ މަތީގައެވެ. އެއީ އިބްރާހީމްގެފާނުގެ މިއްލަތުގެ މަތީގައިވާ މަންހަޖެވެ. އަދި ކާމިޔާބު ލިބުން ވަނީ އެމަންހަޖުގެ މަތީގައި ސާބިތުވެގެނެވެ. ފަހެ އިޚްލާސްތެރިކަމެއްނެތް އަދި ނަބިއްޔާ އާއި ޚިލާފުވެގެންވާ ޢަމަލެއް ﷲ ތަޢާލާ ޤަބޫލެއް ނުކުރައްވާނެއެވެ.
އޭ އަހަރެމެންގެ އަޚުންނާއި އުޚްތުންނޭވެ! ޙައްޤު ފާޅުވުމުން ޙައްޤަށް ތަބާވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ. އަދި މުޙައްމަދު ޖަމީލްދީދީ އަށް ތަޤްލީދުކުރުން ދޫކޮށްފައި ޝައިޚުގެ ޢަބްދުﷲ އަށް ތަޤްލީދު ނުކުރާށެވެ. ހަމަކަށަވަރުން، އަހަރެމެންނަށް އަމުރުވެވިގެންވަނީ އަހަރެމެންގެ މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކާއި މައްސަލަތައް ޤުރުއާނާއި ސުންނަތަށް ރައްދުކުރުމަށެވެ. އަދި ސަލަފުއް ޞާލިޙުންނާއި އޭގެ ފަހުންއައި ޢިލްމުވެރިންނާއި، އަދި މިހާރުވެސް ޙައްޤުގައި ތިބި ޢިލްމުވެރިންގެ ބަސްތައް ބަލާބަޔަކަށް، އަޑުއަހާ ބަޔަކަށް، ނުވަތަ ދިރާސާކުރާ ބަޔަކަށް ޢަދާލަތު ޕާޓީ އާއި ޖަމިއްޔަތުއް ސަލަފުގެ މަގުފުރެދުން ﷲ އިރާދަކުރެއްވިއްޔާ ހާމަވާނެއެވެ. އަދި ޢިލްމުވެރިންނަށް ވެގެން މިއުޅޭ މުރުޖިއާއިންގެ ބާތިލްކަން ވަރަށް ސާފުވެގެންދާނެއެވެ. އަދި އުފާވެރި ޚަބަރެއް ދެމެވެ. ދެން އަންނަ ބައެއްގައި ޖިހާދާއީ ބެހޭގޮތުން ޝައިޚުގެ ޢަބްދުﷲ މެން، ޠާއިބާ މިސްކިތުގެ އިމާމް “ޝައިޚު” ޢަބްދުލްލަތީފުމެންގެ އޮޅުވާލުމާއި މަގުފުރެދުން އިންޝާﷲ ބަޔާންކޮށް، ފަޅާ އަރުވާލާނަމެވެ. އެމީހުން ޒީނަތްތެރިކުރާ ބާތިލް ޢުޒުރުތަކުގެ ޙަޤީޤަތް ހާމަކޮށްދޭނަމެވެ، އިންޝާﷲ… އަދި، އެފަރާތަކަށް ވަކީލުކުރާ ފަރާތެއްގެ ގޮތުން ﷲ ހާދަ ހެޔޮވެގެން ވެއެވެ.
Mashaa Allah!
Varah salhi liyumey, mi lumugai varah saafu koh bayaan kodheen fa ebain!
Allah Akbar!
Masha Allah..!!!!